ކާއެއްޗިއްސަށް މަރުދޭ ޕަރަބާސްއަށް ކަރީނާއަށް ފޮނުވަން އެނގުނީ ބިރިޔާނީ ގަނޑެއް!

ފިލްމު "ބާހުބަލީ" ގެ ތަރި ޕްރަބާސް ރާޖޫ، ކަރީނާ ކަޕޫރަށް ވަރުގަދަ ބިރިޔާނީ ގަނޑެއް ފޮނުވައިފި އެވެ. ޕްރަބާސް އަކީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ހާން އާއި އެކު ފިލްމު "އާދީޕުރުޝް" ގައި ފެނިގެންދާ މުހިނ...

26 Sep 2021 | 14:19

ފިލްމު "ބާހުބަލީ" ގެ ތަރި ޕްރަބާސް ރާޖޫ، ކަރީނާ ކަޕޫރަށް ވަރުގަދަ ބިރިޔާނީ ގަނޑެއް ފޮނުވައިފި އެވެ.

ޕްރަބާސް އަކީ ކަރީނާގެ ފިރިމީހާ ސައިފް އަލީ ހާން އާއި އެކު ފިލްމު "އާދީޕުރުޝް" ގައި ފެނިގެންދާ މުހިންމު ބަަލެކެވެ. މި ދުވަސްވަރު ދެމީހުން އެއްކޮށް މަސައްކަތް ކުރަން ޖެހިފަ އޮތުމުން ގާތްގުޅުމެއް އޮތީ އުފެދިފަ އެވެ.

އެ ގާތްކަމުގެ ތެރެއިން އިއްޔެ ޕްރަބާސް ވަނީ ކަރީނާއަށް ހަދިޔާއެއްގެ ގޮތުގައި ބިރިޔާނީ ފޮނުވާފަ އެވެ. އެ ހަދިޔާ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކުރަމުން ކަރީނާ ބުނެފައިވަނީ ޕްރަބާސް ގެ ފަރާތުން ބިރިޔާނީ ގަނޑެއް ލިބުމަކީ އެންމެ ރަނގަޅު ކަންކަމަށެވެ.

ކަރީނާ ވަނީ ބިރިޔާނީ ފޮނުވީތީ ޕްރަބާސްއަށް ޝުކުރު އަދާކޮށްފައި އެވެ. އަދި ބިރިޔާނީ އާއި އެއާ އެއްކޮށް ކާން ފޮނުވާފަ ހުރި އެއްޗެހީގެ ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ.

އާދައިގެ ހަށިގަނޑެއް ހުންނަ ޕްރަބާސް މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާ ފިޓުކޮށް ހުންނަން ޑައިރެކްޓަރުން ބާރު އެޅިއަސް ނުކައި ނުހުރެވޭ ކަމަށެވެ. އަދި އެއީ ބައެއް ފަހަރު ޑައިރެކްޓަރުންނާއި ހިތްހަމަ ނުޖެހުން އުފެދޭ ކަމަކަށް ވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް