ގއ. ގެމަނަފުށިން ގިނަ އަދަދެއްގެ މަސްވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ފާއިތުވި ދެތިން ހަފްތާ ތެރޭގައި އެރަށުގައި ކޮވިޑް ފެތުރުން ވަނީ އިތުރު ވެފައެވެ. ކޯވިޑްގެ ހާލަތު ގޯސްވާތީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
އެރަށު ކައުންސިލުގެ ރައީސް އިބްރާހިމް ހާޝިމް "ދުވަސް" އަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރުވެސް ރަށުގައި ކޮވިޑް ޖެހިފައި ތިބި 120 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 30 މީހުނަކީ މަސްވެރިންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ބަލި ބޮޑަށް ފެތުރިގެން އައިސްފައި ވަނީ މަސްދޯނި ތަކުންނެވެ. ޕޮޒިޓިވް ގިނަމީހުންނަކީ މަސްވެރިންނާ މަސްވެރިންގެ އާއިލާ ތަކާ ގުޅުން ހުރި ފަރާތްތަކެވެ.
ނަމަވެސް ބަލި ފެތުރެން ދިމާވި އަސްލު ސަބަބެއް ހޯދިފައިނުވާ ކަމަށް ވިދާޅުވިއެެވެ. އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފަރާތުން މި ހާލަތުގައި އެދިވަޑައިގެންނަވަނީ އެޗްޕީއޭގެ އެންގުންތަކަށް ކިޔަމަންވުމަށެވެ.
ގެމަނަފުއްޓަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ މަސްވެރިން ނިސްބަތްވާ މަސްވެރި އާއިލާތަކެއް ދިރިއުޅޭ ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް