ސައުތު އެފްރިކާގެ މަޤުބޫލު މަޖައްލާތަކުގެ ނޫސްވެރިން ހިމެނޭ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދަޢުވަތަކަށް ރާއްޖެ އައިސްފިއެވެ.
މިދަތުރު ކުރިއަށްދާނީ ސެޕްޓެންބަރު 25އިން އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހާ ހަމައަށެވެ. މިދަތުރުގައި ރާއްޖެ އައިސްފައިވަނީ ސައުތު އެފްރިކާގެ އިންޑިޕެންޑަންޓް ގެޓަވޭ މެގަޒިން އަދި ސަންޑޭ ޓައިމްސްގެ ނޫސްވެރިން ހިމެނޭ ޓީމެކެވެ.
މި މަޖައްލާތަކަކީ ސައުތު އެފްރިކާގައި ވަރަށް މަޤުބޫލު މަޖައްލާތަކެކެވެ. އޮންލައިން، ޕްރިންޓް، ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ލިޔުންތަކާއި ޢަދަދުތައް ޝާއިޢުކުރާ މިމަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު، މަހަކު ނުވަތަ ކޮންމެ ހަމަހުން އެއްމަހުވެސް ލިޔެކިއުންތަކާއި، އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.
ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށް، މި މަޖައްލާތަކުގެ ނޫސްވެރިން ބައިވެރިވުމާއެކު އިންތިޒާމްކޮށްފައިވާ މި ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން މިމާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިސްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.
މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ ސައުތު އެފްރިކާގެ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ފުށިފަރު މޯލްޑިވްސް، ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓް އަދި ހައިޑަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގައެވެ. މި ޓީމުން މި ރިސޯޓުތަކުން ސްޕާގެ ޚިދުމަތާއި، ވޯޓާ ސްޕޯޓްސް ފަދަ ޙަރަކާތްތައް ތަޖުރިބާކުރާނެއެވެ. އަދި މި ރިސޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައް ވެސް ތަޖުރިބާކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް