ނޫސްވެރިކަން އަޅުވެތިވެފައިވާ ކަމަށް ފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ތުހުމަތުކުރައްވައިފިއެވެ.
އިންތި މި ފަދަ ތުހުމަތެއް ކުރެއްވީ، އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބަލިކޮށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ތާއީދު އޮތް ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދައިފި ކަމަށް ރާއްޖޭގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރުމުން އެ ކަމާއި ހިތްޕުޅާވެވަޑައިނުގެންނެވެ.
އިންތި ކުރެއްވި ޓްވީޓެއްގައި ލިޔުއްވާފައި ވަނީ ނޫސްވެރިކަން އަޅުވެތިވުމުގެ އެއް ވައްތަރެއް އެއީ “ވޮލަންޓަރީ އަޅުވެތިވުން" ކަމަށެވެ.
" ކޮން ކެންޑިޑޭޓަކީ ކޮން ކެންޑިޑޭޓެއްކަން ވެސް ނޭގި ހުރެ،ތިހާ އަވަހަށް ރުއްސަން އެއްޗެތި ލިޔުމަކީ އެބާވަތުގެ ކަމެއް. މި ވެރިކަން އޮއްވާ ބޮންގޮއްވާލައި ރައީސް ނަޝީދު ތޮރުފާލުމަކީ ވެސް ބޮޑު ކާމިޔާބީއެއްބާ؟" ކޯފާ އިސްކުރައްވައި އިންތި ސުވާލުކުރެއްވިއެވެ.
އެމްޑީޕީގެ އެތެރޭގައި ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ރަސްމީކޮށް ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ފެށި ފަހުން ބޭއްވި އެންމެ ފުރަތަމަ، އަދި އެންމެ ބޮޑު އިންތިހާބު ރައީސަށް ކާމިޔާބުވުމުގެ މާނައަކީ ގައުމީ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ނަޝީދަށް ގެއްލުމެވެ.
ނަމަވެސް މިކަން ގަބޫލުކުރައްވާކަން ނަޗީދު ފަޅީގައި ތިއްބެވި ބޭފުޅުން ބޭނުންފުޅެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް