އަފްގާނިސްތާނުގައި ބަޔަކު ރަހީނު ކުރި ހަތަރު މީހަކަށް މަރުގެ އަދަބުދީ މަގުމަތީގައި އާންމުންނަށް ފެންނާނެހެން ކެރޭނުތަކެއްގައި އެލުވައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އަފްގާނިސްތާނުގެ ހުޅަނގު ހިރާތު ސިޓީގައި އެވެ. އެ ހަތަރު މީހުން ވަނީ އެ ސިޓީގެ ވިޔަފާރިވެރިއަކާއި އެމީހާގެ ފިރިހެން ދަރިފުޅު ވަގަށް ނަގައި ރަހީނުކޮށްގެން ސިޓީން ބޭރަށް ގެންގޮސްފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ އަނިޔާވެރިކޮށް މަރާލާފައިވާ މީހަކު ޕިކަޕެއްގައި ގެންގޮސް، ކެރޭނެއްގެ އެހީގައި މައްޗަށް އުފުލާ މަންޒަރެވެ. ތާލިބާން ހަނގުރާމަވެރިން ޕިކަޕް ވަށައިގެން ތިބޭއިރު، ގިނަ ބަޔަކު އެ މަންޒަރު ބަލަން ޖަމާވެފައި ތިއްބެވެ.
ބައެއް އާންމުން މީޑިއާގައި ބުނެފައިވަނީ އެ ހަތަރު މީހުންގެ ހަށިގަނޑު އެލުވީ ސިޓީގެ ހަތަރު ސަރަހައްދެއްގައި ކަމަށެވެ. އަދި ކޮންމެ މީހެއްގެ މޭމަތީގައި ނޯޓެއް ހަރުކޮށްފައިވާއިރު އޭގައި އެއީ ރަހީނު ކުރުމުގެ އަދަބު ކަމަށް ލިޔެފައިވެ އެވެ.
އެމީހުން ބުނެފައިވަނީ މަރާލި މީހުންގެ ހަށިގަނޑުތައް ކެރޭނުތަކުގައި އެލުވައި މައްޗަށް ނެގުމުގެ މަސައްކަތް ކުރީ އަޑޫގަދަ ކުރާއިން އެކަން ބެލުމަށް އާންމުންނަށް އަންގަމުންނެވެ.
ހިރާތުގެ ޑެޕިއުޓީ ގަވަރުނަރު މައުލާވީ ޝީރް އަހްމަދު މުޖާހިރު ވިދާޅުވީ އެމީހުންގެ ހަށިތައް އާންމުންނަށް ފެންނާނެހެން އެލުވީ އެ ކުށް ތަކުރާރު ކުރިޔަ ނުދިނުމަށް ބާރު އަޅައި ފިލާވަޅެއް ނަގައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި ތޯލިބާނުންގެ ސަރުކާރުން އެފަދަ އަމަލުތަަައް ބަލައި ނުގަންނާނެ ކަމަށާއި އެފަދަ ހުރިހާ ކުށަކަށް ކަނޑައެޅިފައިވާ އަދަބު ދޭނެ ކަމަށް ވިދާޅުވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ވިޔަފާރިވެރިއާ އާއި އޭނާގެ ދަރިފުޅު ރަހީނު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަބަރު ލިބުމާއި ފުލުހުން ވަނީ މަގުތައް ބަންދުކޮށް، އޮޕަރޭޝަނެއް ފަށާފަ އެވެ.
ތުހުމަތުވާ ހަތަރު މީހުން ހިފެހެއްޓީ ޗެކް ޕޮއިންޓަކުން ކަމަށާއި އެ ސަރަހައްދުގައި ތޯލިބާނުންނާއި އެމީހުން ބަދަލު ކުރި ހަމަލާތަކުގައި އެ ހަތަރު މިހުން މަރުވި އިރު ތޯލިބާނުންގެ އެކަކަށް އަނިޔާވެފައިވެ އެވެ.
ތޯލިބާނުން ބުނީ އަފްގާންގައި މިހާޜު އޮތީ އިސްލާމީ ދައުލަތެއް ކަމަށެވެ. އެހެންކަމުން އިންސާނީ ކަރާމާތައް ގެއްލުން ލިބޭ އެޒާތުގެ އެއްވެސް އަމަލެއް ހިންގުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް