ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށްބުނާ މައްސަލައެެއް

އުމުރުން 17 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ އަޕަރ ނޯތު ޕޮލިސް ޑިވިޒަން (ގއ، ގދ ...

26 Sep 2021 | 09:21

އުމުރުން 17 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށްބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ އަޕަރ ނޯތު ޕޮލިސް ޑިވިޒަން (ގއ، ގދ އަތޮޅު) ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސައެއް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

"މި މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެވެ.

މި މައްސަލަައާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް