ބަޔަކު ރޫރޫލައި ޖަޒުބާތުގައި ޖެހުނަސް ހަގީގަތަކީ އަބަދު ވެސް ހަގީގަތެވެ. ހަގީގަތަކީ އިންސާނުންނަށް ބަދަލު ނުކުރެވޭނެ ކަންކަމުގެ ތެރެއިން އެއް ކަމެވެ.
ހަގީގަތެއް ނުވެސް ފޮރުވޭނެއެވެ. އަޮޅުވާވެސް ނުލެވޭނެއެވެ. އާނއެކެވެ. އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ބަލިކޮށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ތާއީދު އޮތް ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދައިފިކަން ދުވާލު އިރު ފަދައިން ސާފުކޮށް އޮ އޮތީ އެނގޭށެވެ.
އެ ނަތީޖާ ނެރުނީ ނޫސްވެރިންނެެއް ނޫނެވެ. ނޫނީ ރައީސް އޮފީހަކުން ވެސް ނޫނެވެ. އަދި ކިއެއް އެ ނަތީޖާއަކީ ނޫސްތަކުގެ ސްޕޮންސަރުން ނެރުނު ނަތީޖާއެއް ވެސް ނޫނެވެ. ފެންނަން އޮތް ސާފު ނަތީޖާއަކީ އެމްޑީޕީގެ އާންމު މެމްބަރުންގެ ވޯޓުން ގުނުނު އަަދަދުތަކެވެ.
ގޮތް ނިންމީ އެ މެމްބަރުންނެވެ. ވޯޓުލުން ކުރިއަށް ދިޔައީ އެންމެންގެ ލޯ ކުރިމަތީގައެވެ. ކުރިއަށް ދިޔައީ އަމަން އޮމާން އިންތިޚާބެކެވެ،
ނަތީޖާ އޮޅުވާލަން ނޫސްވެރިން މަސައްކަތް ކުރާ ކަމުގެ ތުހުމަތު!
އެމްޑީޕީގެ އަދި ރާއްޖޭގެ ވެސް އެންމެ ނުފޫޒުގަދަ އެއް ލީޑަރުގެ މައްޗަށް އަދުގެ ރައީސް ހޯދި ކާމިޔާބީ ހަޖަމް ނުވުމުން އެ މީހުންނަށް ގޯސްވީ ނޫސްވެރިންނެވެ. ކަނޑައެޅިގެން ހަގީގަތް އެނގި ތިބެ ވިދާޅުވަނީ ސްޕޮންސަރުން ބުނާ ގޮތަށް ޚަބަރު ލިޔެ ހަގީގަތް އޮޅުވާލައިފި ކަމަށެވެ. ނޫނެކެވެ. ނޫސްވެރިން ލިޔުނީ ކަން އޮތް ގޮތުގެ ވާހަކައެވެ. އިންތިޚާބުގެ ނަތީޖާތައް އެ ހުރީ ފެންނާށެވެ. އަމިއްލަފުޅަށް ވަޒަންކޮށްލުމުން ޚަބަރުތަކުގެ ސައްހަކަން ގައިމު ވާނެއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން އިއްޔެ ކޮށްފައިވަނީ ގައުމީ ހިދުމަތެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޑިމޮކްރަސީގެ ރޫހުގައި ކުރެއްވި މަސައްކަތަކީ ޕާޓީއަށާއި، ގައުމަށް ކޮށްދެއްވި މަތިވެރި ހިދުމަތެއްކަމަށެވެ.
އެކަމަކު އެ ޚިދުމަތް ނަޝީދު ބަލައިނުގަންކަން އަދި މި ވަނީ ޔަގީން ވެފައެވެ. ބަލި ގަބޫލު ނުކުރުމަށް ނޫސްވެރިން ގޯސްކޮށް ގެންގުޅުއްވާ ފޭކް އައިޑީން ކުރެއްވި ޓްވީޓް ހެއްކަކަށް ފުދެއެވެ. ވިދާޅުވީ، ދޮގު ޚަބަރު ފޭތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައެވެ.
ދެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންހާބު ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ ކެންޑިޑޭޓުންތަކެއް ކާމިޔާބު ކުރި ކަމަށެވެ.އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އެކަމަކު އިންތިހާބުގެ ވަގުތީ ނަތީޖާ އަދި ދައްކާގޮތުން ގިނަ ގޮނޑި ކާމިޔާބު ކުރަމުންދަނީ ނަޝީދު ތާއީދު ކުރެއްވި ކެންޑިޑޭޓުންނަކަށް ނޫނެވެ.
ނަޝީދުގެ ޓްވީޓާއެކު އޭނާގެ ބައިވެރިންގެ ޖަޒުބާތީ ރުޅިގަނޑު ވެސް ނޫސްވެރިންނަށް!
ނޫސްވެރިން ދޮގު ފަތުރަނީ ކަމަށް ނަޝީދު ވިދާޅުވިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. ނޫސްތަކަށާއި ނޫސްވެރިންނަށް ހަމަލާދެމުން އޭނާގެ ބައިވެރިން ވެސް ފަހަތުން ނުކުމެއްޖެއެވެ. "ބަލާލުމެއް، އަހާލުމެއް ނެތި، ‘ސްޕޮންސަރުން’ ފޮނުވާހާ އެއްޗެއް ނޫސްތަކުގައި ޖަހާކަށް ނުވާނެ. ނޫސްވެރިކަމުގެ ވެސް ޒިންމާތަކެއް އޮވޭ. އޮޅުވާލުމުގެ ބަދަލުގައި ތެދު ހާމަކުރައްވާ!" ރުޅިވެރިކަމާއެކު އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައމަްދު ވަހީދު (ވައްޑޭ) ކުރެއްވި ޓްވީޓެއްގައި ވެއެވެ. އޭނާއަކީ ރައީސް ނަޝީދު ފަޅީގައި ހުންނެވި ބޭފުޅެކެވެ.
ފަހަތުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު އެހީތަކަކާ ނުލައި، އެކި ސަރަޙައްދުތަކުން ބަރުލަމާނީއަށް ފާޅުގައި ކެމްޕޭންކުރި އެމްޑީޕީ ރަމްޒުކޮށްދޭ ވަރުގަދަ ގިނަ ކެންޑިޑޭޓުން ކުރި ހޯދި ހޯދުމުން، ވެރިކަމުގެ ނިޒާމީ މައްސަލައާ މެދު މާބޮޑަށް އަޅާލާންވެއްޖެކަން ދައްކުވައިދޭ ކަމަށެވެ. އެކަމަކު ނަތީޖާ އޮތް ގޮތުން އިންތިގެ މި ވާހަކަ ވެސް ހަމައެއް ނުޖެހެއެވެ.
ރައީސް ޞާލިހު ބޮޑު ޖަމްޕެއް، ރައީސް ނަޝީދަށް ލަދު އަދަދެއް!
ސިޔާސީ ހަޔާތުގައިވެސް ރައީސް ނަޝީދަށް ލިބުނު އެންމެ ބޮޑު ލަދު އަދަދަކީ އިއްޔެގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު މަދު އަދަދު ކަމުގައި ބެލެވޭއިރު މިހާރުގެ ނަތީޖާ ދައްކާގޮތުން ނަމަ 97 ގޮނޑީގެ ތެރެއިން 65 ގޮނޑި މިވަނީ ރައީސް ޞާލިޙްގެ ފެކްޝަނުން ކާމިޔާބުކޮށްފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފެކްޝަނަށް ލިބުނު ކަމަށް މި ބެލެވެނީ 32 ގޮނޑިއެވެ. އެއީ 97 އިން ބަލާނަމަ ވަރަށްވެސް މަދު އަދަދެެކެވެ.
އެމްޑީޕީގެ ތެރޭގައި ބާރު ހޯއްދަވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފެކްޝަނުން ގައުމީ މަޖިލީހުގެ އިންތިހާބުން 65 ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށް ބުންޏަސް އިންތިހާބަކާ ނުލައި ކާމިޔާބު ހޯދާފައިވާ ކެންޑިޑޭޓުންނާއި މަގާމުގެ ހައިސިއްޔަތުން ގައުމީ މަޖިލިސް އަށް ހޮވޭ ބޭފުޅުންނާއެކު 100 އަށް ވުރެ ގިނަ މެމްބަރުން ރައީސާއެކު ތިއްބަވާނެ އެވެ.
މި އިންތިހާބުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު ގޮނޑިތައްވެސް ނަގާފައިވަނީ ރައީސް ޞާލިހްގެ ފެކްޝަނުން ކަމުގައި ފާހަގަކޮށްލަން ޖެހެއެވެ. ބޮޑު ގޮނޑިއެއްގެ ގޮތުގައި ގެއްލިގެން ދިޔައީ މާލޭ ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި، އަކްރަމް ކަމާލުއްދީނާ ވާދަޮކޮށް، މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ ވަނީ ކާމިޔާބު ކުރައްވާފައެވެ.
އެ ގޮނޑި ފިޔަވާ އެހެން މުހިންމު ދާއިރާތައް ރައީސްގެ ފެކްޝަންގެ ބޭފުޅުން ކާމިޔާބު ކުރެއްވި އިރު ދައުލަތުގެ ހުރިހާ ވަޒީރުން ކުރިމަތިލެއްވި ދާއިރާތައް ކާމިޔާބުކޮށްފައިވާކަންވެސް ފާހަަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް