ޖަރުމަން ވިލާތުގެ ޗާންސެލަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ވޯޓުލާން މިއަދު ފަށައިފި އެވެ.
މިއީ އެގައުމުގެ ޗާންސެލަރު އެންޖެލާ މާކެލްގެ ބަދަލުގައި އެ މަގާމު ފުރުއްވާނެ އާ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ އިންތިޚާބެކެވެ.
މިހާރުކުރިއަށްދާ ފެޑެރަލް އިންތިޚާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް 709 މެމްބަރުން އިންތިޚާބު ކުރާ އިރު، ޕޯސްޓުގެ ޒަރީއާއިން ވޯޓުލުމުގެ ބައި މިހާރު ނިމިފައިވާ އިރު، ރިޕޯޓުތަކުން ދައްކާގޮތުގައި ޕޯސްޓުގެ ޒަރީއާއިން ވޯޓުލީ މީހުންގެ އަދަދުވަނީ ރެކޯޑަކަށް އަރާފަ އެވެ.
މިހާރުގެ ޗާންސެލަރު އެންޖެލާ މާކެލް މި އިންތިޚާބުގައި ވާދައެއް ނުކުރައްވަ އެވެ. މިއީ ޗާންސެލަރަކު މަގާމުގައި ހުެންނެވި ބޭފުޅަކު މި މަގާމަށް ވާދަ ނުކުރައްވާ ފުރަތަމަ ފަހަރެވެ.
މި އިންތީޚާބުގައި އެ ގައުމުގެ 18 އަހަރުން މަތީގެ 60 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
ޗާންސެލަރުގެ މަގާމަށް ވާދަކުރައްވާނެ ތިން ބޭފުޅުންނަކީ ވެރިކަން ކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީގެ އާރްމިން ލަޝެޓް އާއި ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ އޮލަފް ޝޯލްޒް އާއި ގްރީންސް ޕާޓީގެ އަނަލީނާ ބޭރްބޮކް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް