ޕާކިސްތާނުގެ ހުރިހާ ސްކޫލެއްގައި ގްރޭޑް އެކަކުން 12 އާއި ދެމެދުގެ އެންމެހާ ދަރިވަރުންނަށް ކީރިތި ޤުރުޢާނަކީ މަޖުބޫރު މާއްދާއެއްކަމުގައި ހެދުމަށް އެ ގައުމުގެ މައި ސަރުކާރުން ނިންމި ނިންމުމަށް ރައްޔިތުން ތާޢީދުކޮށްފިއެވެ.
މައި ސަރުކާރު ކަމުގައިވާ ޕަންޖާބު ސަރުކާރުން މި ނިންމުން ނިންމައި ސްކޫލުތަކަށްވެސް މިހާރު ވަނީ އަންގާފައެވެ. އަދި މިއާއެކު އާންމުން ދެކޭގޮތް ދެނެގަތުމަށް ސާވޭއެއްވެސް ވަނީ ކުރިއަށްގެްގޮސްފައެވެ.
ބެލެނިވެރިން ހިމެނޭހެން ކުރިއަށްގެންދިޔަ މި ސާވޭގެ 95 އިންސައްތަ މީހުން ބުނެފައިވަނީ މައި ސަރުކާރުގެ މި ނިންމުމަށް ތާޢީދުކުރާކަމަށެވެ. އެއް އިންސައްތަ މީހުން ބުނެފައިވަނީ ތާޢީދު ނުކުރާކަމަށެވެ. ހަތަރު އިންސައްތަ މީހުން ބުނެފައިވަނީ ވަކި ގޮތަކަށް ޖަވާބުދޭން ބޭނުން ނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް