ސަފާރީ އަޑީއަށް ގޮސް މިއަދު ކަނޑުވި މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ އެވެ.
ސަފާރީ އަޑިއަށް ދިޔަ އިރު އޭގައި 17 މީހުން ތިއްބެވެ. އެ އެންމެން ކޯސްޓު ގާޑުން މާލެ ގެނެސްފައިވެ އެވެ.
"ދުވަސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި ކަނޑުވި ހަތް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރު މަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
މަރުވީ އުމުރުން 41 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ސަފާރީ އަޑިއަށް ދިޔަ އިރު ދަތުރު ކުރަމުން ދިޔައީ ބޮލިފުށީ ރިސޯޓު ކައިރިން މާލެ އަށެވެ.
ސަފާރީ އަޑިއަށް ދިޔައީ ކަނޑުގަދަވެ ބޯޓު ދިޔަވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް