ޖުޑިޝަލް ސާވިސް ކޮމިޝަނުން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަލްއުސްތާާޛާ ފާޠިމަތު ފަރުހީޒާއާއި ގުޅޭގޮތުން ބެލި މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފިއެވެ.
މި މައްސަލައަކީ މީގެ އަށްމަސްކުރިން ޖޭއެސްސީއަށް ފަރުހީޒާ އާއި ގުޅޭގޮތުން ހުށަހެޅުނު މައްސަލައެކެވެ.
މި މައްސަލަ އަކީ ފޭދޫ ކޯޓަށް ހުށަހެޅުނު މައްސަލަ އަކާ ގުޅިގެން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއް ނިމުނީ ކަމަށް ޢިއުލާނު ކުރެއްވުމަށްފަހު މައްސަލައިގައި ހިމެނޭ ޚަސްމަކާ ފަރުހީޒާ ވަކިން ބައްދަލު ކުރެއްވި ކަމަށް ބުނާ މައްސަލަ އެކެވެ.
މިމަހުގެ ނަވާރަ ވަނަ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމެއްގައި ފަރުހީޒާގެ ސުލޫކީ މައްސަލަ ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް