އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިފައިވާ ކަމަށް ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގައި ވާދަވެރިކަން އޮތީ ރަައީސް އިބްރާހިމް މުހައްމަދު ޞާލިހް އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމެވެ.
މި އިންތިހާބު ނިމިގެން ގޮސްފައިވަނިކޮށް މުސްތަފާ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިންތިހާބު އިންސާފުވެރި ނޫންކަމަށެވެ. އަދި އެ އިންތިހާބަށް ސަރުކާރުގެ ވަޒީރުންގެ ނުފޫޒު ފޯރާފައިވާ ކަމަށެވެ.
އޭނާ މިސަރުކާރަށް ފާޑު ކިޔަމުން ދާތާ މިހާރު ވަނީ ދުވަސްތަކެއްވެފައެވެ.
https://twitter.com/Thimarafushi/status/1441960911019778050
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް