ސަފާރީއެއް އަޑިއަށް ގޮސްފި، ހަ މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން

ސަފާރީއެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ "ހޭންޑީ ކްރޫޒާ" ކިޔާ ސަފާރީ އެވެ. އަޑިއަށް ދިޔަ އިރު ސަފާރީ ދަތުރު ކުރަމުން ދިޔައީ ބޮލިފުށީ ކައިރި...

26 Sep 2021 | 08:05

ސަފާރީއެއް އަޑިއަށް ގޮސްގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ "ހޭންޑީ ކްރޫޒާ" ކިޔާ ސަފާރީ އެވެ. އަޑިއަށް ދިޔަ އިރު ސަފާރީ ދަތުރު ކުރަމުން ދިޔައީ ބޮލިފުށީ ކައިރިން މާލެއަށެވެ.

އެ ސަފާރީ އަޑިއަށް ދިޔަ އިރު އޭގައި 17 މީހުން ތިއްބެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ކޯސްޓްގާޑުގެ އެހީގައި އެ އެންމެން މާލެ ގެނެސްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވިދާޅުވި އެވެ.

ސަފާރީ އަޑިއަށް ދިޔައީ ކަނޑުގަދަވެ ބޯޓު ދިޔަވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް