ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކު އެފެއަރޒް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން '' ތައްޔާރުވަމާ'' މިނަމުގައި ޕްރޮގުރާމެއް ކުރިއަށް ގެންގޮއްސިއެވެ.
މި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި ކުރިއަށް ގެންދިޔަ މިޕްރޮގުރާމްގައި ޖުމްލަ 17 ޒުވާނުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި 12 ފިރިހެނުންނާއި 05 އަންހެނުން ހިމެނެވެ.
https://twitter.com/PoliceMv/status/1442017095667961868?s=19
މި ޕްރޮގުރާމްގައި މޯޓިވޭޝަން ސެޝަންތަކާއި ދިރިއުޅުމުގެ ރިވެތި ސިފަތަކާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވެއެވެ. މިގޮތުން މީހުންނަށް އިހުތިރާމް ކުރުމާއި ތިމާގެ އަމިއްލަ ނަފްސަށް އިހްތިރާމް ކުރުމުގެ އިތުރުން ޒިންމާދާރު ކަމާއެކު ގައުމަށް ޚިދުމަތްކުރުމުގެ މުހިންމުކަމާއި، ވަޒީފާގެ މާހައުލުގައި އުޅޭއިރު ބަހައްޓަން ޖެހޭ ރިވެތި އަހްލާގާއި ސްލޫކުގެ މައްޗަށް އަލިއަޅުވާލައި ގިނަ މައުލޫމާތުތަކެއް ބައިވެރިންނާއި ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގުރާމްގައި މައުލޫމާތު ދެއްވާފައިވަނީ ކްރައިމް ޕްރިވެންޝަން ޔުނިޓްގެ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޝާން އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ފަރުހާދު ނަޞީރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް