ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ގައުމީ ފުޓިބޯޅަ ޓީމަށް ފުރިހަމަ ކާމިޔާބަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
ރާއްޖޭގައި ބާއްވާ މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16-1 އަށެވެ.
ޕީޕީއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުން ހޯދި ވަރުގެ ކާމިޔާބަކަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ރައީސް ޔާމީން އެދިވަޑައިގެންނަވާ ކަމަށެވެ. ރައްޔިތުންގެ މެދުގައި ހިޔާލުަފާތުން ހުރި ނަމަވެސް މުބާރާތް ކުރިޔަށް ދާއިރު އެކަތިގަނޑެއްގައި ސަޕޯޓު ކުރުމަށް އެދިވަޑައިގެންނެވި ކަމަށް ޕީޕީއެމްއިން ބުނެ އެވެ.
މިފަދަ ކަންކަމުގައި ގައުމީ ޖޯޝު އިސްކޮށް ޓީމު ހޯދާ ކޮންމެ ކާމިޔާބެއްގައި ފަރުދީ ގޮތުން ބައިވެރިވުމަށް ރައީސް ޔާމީން ގޮވާލެއްވި އެވެ.
ބަޔާނުގައި ބުނީ "ތިން ވަނަ ފަހަރު، މިއީ އެފަހަރު" ކާމިޔާބު ކުރުމަށް ޕީޕީއެމް އާއި ޕީއެންސީ އެކުގައި ގައުމީ ޖޯޝުގައި ޓީމަށް ހިތްވަރު ދިނުމަށް އޮތީ ތައްޔާރަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް