އިއްޔެ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންހާބު ބަރުލަމާނީ ނިޒާމަށް ތތާއީދު ކުރާ ގިނަ ކެންޑިޑޭޓުންތަކެއް ކާމިޔާބު ކުރި ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ތާއީދު ކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އެކަމަކު އިންތިހާބުގެ ވަގުތީ ނަތީޖާ އަދި ދައްކާގޮތުން ގިނަ ގޮނޑި ކާމިޔާބު ކުރަމުންދަނީ ނަޝީދު ތާއީދު ކުރެއްވި ކެންޑިޑޭޓުންނަކަށް ނޫނެވެ.
އިންތިހާބަށް ފަހު މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެންޑިޑޭޓުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އިންތިހާބު ވެފައިވާ ކަމަށެވެ. އަދި ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރު ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ މެމްބަރުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ޑިމޮކްރަސީގެ ރޫހުގައި ކުރެއްވި މަސައްކަތަށް ނަޝީދު ވަނީ ކެންޑިޑޭޓުންނަށާއި ޕާޓީއަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
https://twitter.com/MohamedNasheed/status/1442019855381643267
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް