ދޮގު ޚަބަރު ފޭތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް: އެލެކްސް

ދޮގު ޚަބަރު ފޭތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައި، ޓްވިޓާގައި ރައީސް ނަޝީދު ގެންގުޅުއްވާ ސިއްރިއްޔާތު އައިޑީ އެލެކްސް އަހްމަދު ބުނެފިއެވެ. އެލެކްސް މިހެން ބުނެފައިވަނީ ސީދާ ކޮން ސަބަބަކާއި ގުޅިގެ...

26 Sep 2021 | 07:29

ދޮގު ޚަބަރު ފޭތުރުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމުގައި، ޓްވިޓާގައި ރައީސް ނަޝީދު ގެންގުޅުއްވާ ސިއްރިއްޔާތު އައިޑީ އެލެކްސް އަހްމަދު ބުނެފިއެވެ.

އެލެކްސް މިހެން ބުނެފައިވަނީ ސީދާ ކޮން ސަބަބަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.

އެހެންނަމަވެސް އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު، އެ އިންތިހާބުގައި ރައީސް ސޯލިހްގެ ފެކްޝަނުން ހޯދި ބޮޑު ކާމިޔާބީގެ ވާހަކަ ދިވެހި މީޑިއާތަކުގެ ފަލަ ސުރުހީއަށް އަރާފައިވެއެވެ.

https://twitter.com/anedhivehirajje/status/1442022936584544258

އެލެކްސްގެ މި ފުންބަހުގެ މާނަ ހޯދައިލަން ދުވަސް އިން ވާނީ އެލެކްސްއަށް ޓްވިޓާއިން ޑައިރެކްޓް މެސެޖެއް ފޮނުވާފައެވެ. އެ މެސެޖަށް އަދި ރިޕްލައިއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް