ތޫފާން ގުލާބު އުފެދިއްޖެ، މިސްރާބު ހުރީ އިންޑިއާގެ އަންދުރަ ޕްރަދޭޝް އާ ދިމާއަށް

ބަންގާޅު ކަނޑުގައި ތޫފާން ގުލާބު އުފެދި އޭގެ މިސްރާބު ބާރު ސްޕީޑުގައި އިންޑިއާގެ އަންދުރަ ޕްރަދޭޝާ ދިމާއަށް ޖަހައިފިއެވެ. މި ސަރަހައްދުގެ މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ބުނެފައިވަނީ މި ތޫފާން މިވަ...

26 Sep 2021 | 06:04

ބަންގާޅު ކަނޑުގައި ތޫފާން ގުލާބު އުފެދި އޭގެ މިސްރާބު ބާރު ސްޕީޑުގައި އިންޑިއާގެ އަންދުރަ ޕްރަދޭޝާ ދިމާއަށް ޖަހައިފިއެވެ.

މި ސަރަހައްދުގެ މޫސުމާއިބެހޭ ސަރަހައްދީ އިދާރާއިން ބުނެފައިވަނީ މި ތޫފާން މިވަގުތު ސައިކްލޯނިކް ސްޓޯމަކަށް (ތޫފާނަކަށް) ބަދަލުވެ މިސްރާބު އޮޑީޝާއާ ދިމާއަށް ޖަހާފައިވާއިރު މި ތޫފާނަކީ ކުރީގެ ތޫފާންތަކާ އެއްވަރަށް ބާރުގަދަ ތޫފާނަކަށް ނުވެދާނެ ކަމަށެވެ. އަދި މާދަމައާއި ހަމައިން ތޫފާނުގެ ބާރު މަޑުވެ ކޮޅިގަނޑަކަށްވެސް ބަދަލުވެދާނެކަމަށެވެ.

ތޫފާން ގުލާބު އުފެދުނު ނަމަވެސް ރާއްޖޭގެ މެޓު އޮފީހުން ބުނީ ރާއްޖެއަށް މިހާރު މި ކުރާ ވިއްސާރައާއި ތޫފާން ގުލާބާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ. ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.

ތޫފާން ގުލާބަކީ މި އަހަރު މި ސަރަހައްދުގައި އުފެދުނު ތިންވަނަ ތޫފާނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް