ފަތިހުން ފެށިގެން މާލޭން ކެރި ކަނޑައިގެން ނުދޭ، ބައެއް މަގުތައް ފެނު އަޑިއަށް!

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހުއްޓުމެއް ނެތި ގިނަ އިރު ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. މާލެއަށް ވާރޭ ވެހެން ފެށީ މިއަދުގެ ފަތިހުއެވެ. ފަތި...

26 Sep 2021 | 06:04

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހުއްޓުމެއް ނެތި ގިނަ އިރު ވާރޭ ވެހުމުގެ ސަބަބުން ވެރިރަށް މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.

މާލެއަށް ވާރޭ ވެހެން ފެށީ މިއަދުގެ ފަތިހުއެވެ. ފަތިހު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓާފައި ނުވާތީ އާންމުކޮށް ފެންބޮޑުވާ ގިނަ މަގުތައް މިހާރު އޮތީ ފެނު އަޑީގައެވެ. މާލޭ ސިޓީ އަށް ވާރޭ ވެހި ފެންބޮޑުވާ މައްސަލައަކީ ސަރުކާރުތަކަށް ހައްލުނުވެފައި އޮތް ބޮޑު މައްސަލައެކެވެ.

ނަމަވެސް މި ސަރުކާރު އައިފަހުން މާލޭގެމަގުތަކުގެ ހާލަތު ރަނގަޅުކޮށް މި މައްސަލައަށް އެދެވޭ ހައްލެއް ގެނެއުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މައްސަލަ ހައްލު ކުރުމަށް ފުރަތަމަ ތަރައްގީކުރެވުނު މަގަކީ ކަނބާއައިސަ ރަނި މަގެވެ. އެ މަގުގައި ފެންބޮޑުވުމުގެ މައްސަލަ މިހާރު ވަނީ ބޮޑުތަކުން ހައްލުވެފައެވެ.

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވަނީ އޮރެންޖު އެލާޓު ވެސް ނެރަފައެވެ. އޮރެންޖު އެލާޓު ނެރޭނީ މޫސުން ވަރަށް ބޮޑަށް ގޯސްވެ ނުރައްކާތެރި ހާފިސާތަކެއް ހިނގާނެ ކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން އޮރެންޖު އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް