އިންޑިއާގައި ނިޔާވި ދިވެހި ސިފަައިންގެ މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

އަވަށްޓެރި އިންޑިއާގައި ތަމުރީނުތަކެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ދިވެހި ސިފަައިންގެ މީހެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްޠާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމަ...

26 Sep 2021 | 06:00

އަވަށްޓެރި އިންޑިއާގައި ތަމުރީނުތަކެއް ފުރިހަމަކުރަމުން ދަނިކޮށް ނިޔާވި ދިވެހި ސިފަައިންގެ މީހެއް ކަމަށްވާ ލާންސް ކޯޕްރަލް މުހައްމަދު ސުލްޠާންގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ.

އެގޮތަށް ނިންމައި އެކަން ހާމަ ކުރީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީ (އެންޑީއޭ)އިން ނެވެ.

ސުލްޠާން ތަމްރީން ފުރިހަމަ ކުރަމުން ގެންދިޔަ އެންޑީއޭ) އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައި ވަނީ ސުލްޠާން ނިޔާވީ ޖިސްމާނީ ތަމުރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ނިޔާވީ ދުވަމުން ދަނިކޮށް ކަމަށް ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އެންޑީއޭގެ ބަޔާނުގައި ހާމަކުރި ގޮތުގައި ސުލްޠާންގެ މަރުގެ ތަހްގީގު ކުރިއަށް ގެންދަން ކޯޓް އޮފް އިންކްއަރީން ވެސް މިހާރު އަންގާފައި ވެއެވެ.

"ކެޑޭޓްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ފުރިހަމައަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ. އޭނާ ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ވަނީ ނިންމާފައެވެ." އެންޑީއޭގެ ބަޔާނުގައި ވެއެވެ.

ދެމި އޮތުމުގެ އާލަމަށް ދަތުރު ކުރި ސުލްޠާންގެ ހަށިގަނޑު ރާއްޖެ ގެންނަން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރޭ އެމްއެންޑީއެފް އިން ހާމަކުރިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް