މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު އެލާޓު ނެރެފި އެވެ.
އޮރެންޖު އެލާޓު ނެރޭނީ މޫސުން ވަރަށް ބޮޑަށް ގޯސްވެ ނުރައްކާތެރި ހާފިސާތަކެއް ހިނގާނެ ކަމަށް ލަފާކޮށެވެ.
މެޓް އޮފީހުން އޮރެންޖު އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ސަރަހައްދަށް އެލާޓު ނެެރެފައިވަނީ ހެނދުނ ު10:00 ން މެންދުރު 12:30 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި55 މޭލަށް ވައިގަދާނެ ކަމަށެވެ.
ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަދާ ކުރެ އެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި ކުރިޔަށް 36 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވާނެ އެވެ.
އެހެންވެ މެޓް އޮފީހާއި އެމްއެންޑީއެފުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް