ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖާއަށް ފަރުވާ ދެނީ ބޭސްތަކެއް ކައިގެންނެއް ނޫން

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު ޖެންޑާ މިނިސްްރީން ދޮގުކޮށްފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ގދ. ތިނަ...

26 Sep 2021 | 04:14

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ބޭސްތަކެއް ކައިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު ޖެންޑާ މިނިސްްރީން ދޮގުކޮށްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ ގދ. ތިނަދޫގައެވެ. މިހާރު އެ ކުއެްޖާއަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން ނެވެ.

ޖެންޑާ މިނިސްޓްރީ އިން މީޑިއާގައި ބުނީ ތިނަދޫގައި ދަޢުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ސިއްޙީ ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. އަދި ބުނީ އެ ކުއްޖާއަކީ ހައިޕާ ވާ ކުއްޖެއް ކަަމަށާއި އެކަމަށް ބޭސް ވެސް ބޭނުން ކުރަމުންދާ ކުއްޖެއް ކަމަށެވެ.

އެގޮތުން އެކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވަނީ ހައިޕަރވެގެން އުޅޭތި ކަންބޮޑުވެގެންްނެވެ. އަދި ގެންދިޔައިރު އެކުއްޖާ ހުރީ ހައިފަރ ވާތީވެ ބޭނުންކުރާ ބޭސް ބޭނުންކޮށްގެންްނެވެ. އެހެން ކަމުން މިއީ ވަކި ބޭހުގެ ސަބަބުން ދިމާވި ކަމެއް ނޫން ކަމަށްވެސް ހާމަ ކުރެއެވެ.

ކުއްްޖާގެ ހާލު މިވަގުތު ރަނގަޅު ކަމަށާއި، ނަމަވެސް އަދިވެސް އޮތީ ހޮސްޕިޓަލުގަ ކަމަށް މައުލޫމާތު ދެ އެވެ. މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ވެސް ޖެންޑާރ އިން ހާމަ ކުރެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް