މުޅި ރާއްޖެއަށް މިއަދާއި މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިޔަށް 36 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގަދަވަޔާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރާއިރު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ބައެއް ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
އެ އިދާރާއިން ދެންމެ ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓު ނެރެފަ އެވެ. އެލާޓުގެ ވަގުތަކީ ހެނދުނު 7:30 ން 11:30 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުުތަކުގައި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ އުދަ އަރާނެ ކަމަށް ބުނެ އެވެ.
މި އަތޮޅުތަކުގެ އިތުރުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 6:45 ން މެންދުރު 12:00 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުުތަކުގައި ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް