ރައްޔިތުންގެ ނިންމުން ދަމަހައްޓާތީ ޤާސިމް އިބްރާހިމް ދިވެހި ސިފައިންނަށް މަރުހަބާ ޝުކުރު ދަންނަވައިފިއެވެ.
ޤާސިމް ސިފައިންނަށް މަރުހަބާ ދަންނަވާފައިވަނީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޤާސިމް ވިދާޅުވެފައިވަނީ ސިފައިންނަކީ ޤައުމާ ރައްޔިތުންގެ ސަލާމަތަށް އޮތް އެންމެ ބާރުގަދަ މުއައްސަސާ ކަމަށާއި އެހެންކަމުން އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އަށާއި އޮފިސަރުންނަށް އަދި އެންމެހާ ސިފައިންނަށް ސާބިތު ކަމާއެކީ ރައްޔިތުންގެ ނިންމެވުން ދަމަހައްޓަވާތީ އެމްއެންޑީއެފްގެ ނިންމެވުމަށް ޝުކުރު އަދާކޮށް މަރުހަބާ ދަންނަވާކަމަށެވެ.
ގާސިމް މިހެން ވިދާޅުވެފައިވާއިރު އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ޕީޕީއެމްއިން ގަބޫލުނުކޮށް އެ ނަތީޖާ ބާތިލުކުރަން ކޯޓަށް ހުށަހަޅަން އުޅުނު ކަމުގެ ވާހަކަތަކެއް މިރޭ ފެތުރުނެވެ. އެއާއެކު ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް