ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ސިފައިން ރައްޔިތުންނާއެކު ތިއްބަވާނެ: މިނިސްޓަރު

ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން ރައްޔިތުންނާއެކު ތިއްބަވާނެކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ ރަސްމީ ފޭސްބުކް...

26 Sep 2018 | 18:37

ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން ރައްޔިތުންނާއެކު ތިއްބަވާނެކަމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވާ ސްޓެޓަސްއެއްގައެވެ.

އެ ސްޓެޓަސްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އަދި އިންތިޚާބުގެ ވަގުތީ ނަތީޖާގެ ފަހުންވެސް ގައުމު އަމަން އަމާންކަން ބެލެއްޓުމުގައި ދިވެހި ސިފައިން ދަނީ ވަރަށް ޕްރޮފެޝަނަލް ކަމާއެކު ހަރަކާތްތެރިވަމުން ކަމަށެވެ.

"ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ޓްރާންޒިޝަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައިވެސް ސިފައިން އެހީތެރިވާނެ" މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ގާނޫނީގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ގާނޫނީ ޒިންމާއެއް ކަމަށާއި އެކަން ސިފައިން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް