ރައީސް ޔާމީން އާއި އެކު ޕީޕީއެމްގެ ކައުސިލް ބައްދަލުވުމެއް ކުރިޔަށްދަނީ

ވެރިކަން ކުރާ ޕީޕީއެމްގެކައުނސިލް ބައްދަލުވުމެއް ކުރިޔަށް އެބަދެ އެވެ. މި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނަވަ އެވެ. މި ބައްދަލުވުން ކުރިޔަށް ދަނީ ޕީޕީއެމްގެ މައި އިދާރާ ސަކ...

26 Sep 2018 | 18:09

ވެރިކަން ކުރާ ޕީޕީއެމްގެކައުނސިލް ބައްދަލުވުމެއް ކުރިޔަށް އެބަދެ އެވެ.

މި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނަވަ އެވެ. މި ބައްދަލުވުން ކުރިޔަށް ދަނީ ޕީޕީއެމްގެ މައި އިދާރާ ސަކިނާ މަންޒިލްގައި އެވެ. ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލް ޕީޕީއެމްއިން ހާމަކޮށްފަ އެއް އަދި ނުވެ އެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުުވުމެއް ކުރިޔަށް ދާއިރު އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްދިނުން ފަސްކޮށްދިނުަމަށް އިލެކްޝަންސްގައި އެދިފަ އެވެ. އެކަމާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމާނެ ކަމަށް އީސީގެ ރައީސް މިރޭ ވިދާޅުވި އެވެ.

އިންތިހާބަށް ފަހު ސިޔާސީ މަޝްރަހު އަނެއްކާވެސް ހޫނުވާން ފަށާފައިވާއިރު ޕީޕިއެމްއިން އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަށް ބާރު ލިބެނީ މިރޭ  ސަލާމަތީ ބާރުތަކުން ހާމަ ކޮށްފައިވާ މެސެޖުތަކުންނެވެ.

އެގޮތުން އެމްއެންޑީއެފާއި ސިފައިން ބުނީ ސަލާމަތީ ބާރުތަކުން ދަމަހައްޓަނީ 23 ސެޕްޓެމްބަރުގެ ވޯޓުން ރައްޔިތުން ނިންމި ގޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް