ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެ: އެމްއެންޑީއެފް

ދިވެހި ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ. މީޑީއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އ...

26 Sep 2018 | 17:40

ދިވެހި ރައްޔިތުންގެ ނިންމުން ސިފައިން ދަމަހައްޓާނެ ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

މީޑީއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އިންތިހާބުގައި ދިވެހި ލޮބުވެތި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށެވެ.

"އެ ނިންމުން ސިފައިން ދަމަހައްޓާނެކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން" އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ނިންމުން ހާމަކޮށްފައިވާއިރު އާދީއްތަ ދުވަހު ނެގި ރިޔާސީ އިންތިހާބުގެ ވޯޓު ބާތިލުކުރަން ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން މަސައްކަތް ކުރަމުން އަންނަކަމުގެ އަޑުތައް މިރޭ ވަނީ ފެތުރިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް