ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްގެ ނާއިބު ހުސައިން ޝަމީމްގެ ސަސްޕެންޝަން ކުއްލި ގޮތަކަށް އުވާލައިފި އެވެ.
އޭނާ ސަސްޕެންޑު ކުރީ މިމަހުގެ 13 ވަނަ ދުވަހު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. ސަސްޕެންޑު ކުރީ ތިން މަސް ދުވަހަށެވެ.
އެކަމަކު މިއަދު އޭނާގެ ސަސްޕެންޝަން އުވާލައި އެކަން އަންގާފައިވާ ކަން ޝަމީމް މީޑިއާގައި ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އެ މައްސަލާގައި އޭނާއާ ސުވާލު ކުރުމަށް ފަހު، ފިޔަވަޅު އެޅީ އޭނާގެ އެ އަމަލަކީ ވަކީލުންގެ ގަވާއިދާ ހިލާފް ކަމަކަށް ވާތީ އެވެ. އަދި ސަސްޕެންޑު ކުރީ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށެވެ.
ޝަމީމް ޓުވީޓް ކޮށްފައިވަނީ، އޭނާ ފްލައިޓެއްގައި ދަަތުރު ކުރައްވަމުން ގާނޫނުއަސާސީ ވިދާޅުވާން އިންނަ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯގައި ޝަމީމްގެ ފަހަތުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ނިދިޖެހިފައި އިންނަވާ މަންޒަރު ފެނެ އެވެ. މި ފޮޓޯ ފަހުން އޭނާ ވަނީ ފޮހެލައްވައިފަ އެވެ.
މިރޭ އޭނާގެ ސަސްޕެންޝަން އުވާލިއިރު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޖުލައި މަހާއި ހަމައަށް ވެސް ޝަމީމް ހުރީ ސަސްޕެންޝަންގައި އެވެ.
ޝަމީމަކީ ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ވަކާލާތު ކުރައްވާ ތަޖުރިބާކާރު ވަކީލެކެވެ. އަދި އޭނާ އަންނަނީ މާލީ ތަނަވަސްކަން ނެތް މީހުންނަށް ހިލޭ ވަކާލާތު ވެސް ކޮށްދެއްވަމުންނެވެ.
ޝަމީމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނޭ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް