ޕީޕީއެމްއިން އެދުނީ ގާނޫނުގައި ތަން ލިބޭ އެންމެ ފަހެއް ކޮށްދިނުމަށް: އީސީ ޝަރީފް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އެދުނީ ގާނޫނުގައި ތަންދޭ އެންމެ ފަހެއް ކޮށްދިނުމަށް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ޝަރީ...

26 Sep 2018 | 17:28

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އެދުނީ ގާނޫނުގައި ތަންދޭ އެންމެ ފަހެއް ކޮށްދިނުމަށް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ކަންބޮޑުވުންތަކަކާއެކު ޕީޕީއެމް އިން އީސީއަށް ސިޓީއެއް ފޮނުވާފައިވާކަމަށާއި ރަސްމީ ނަތީޖާ އިއުލާނު ކުރުން ފަސްކޮށްދިނުމަށް އެދިފައިނުވާކަމަށެވެ.

"އޭގައި ބުނެފައި އޮތީ ކަންބޮޑުވުންތަކެއް އޮތަތީ ގާނޫނުން ތަންދޭ އެންމެ ލަހަކުން ނަތީޖާ އިއުލާނު ކުރުމަށް، އަވަހަށް ކޮށްފި ނަމަ ކެނޑިޑޭޓްގެ ހައްގުތަކަށް ގެއްލުން ލިބޭނެކަމަށް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ޕީޕީއެމް އިން އެދުނު ކަމުގައިވީނަމަވެސް ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއްދަތުގައި ރަސްމީ ނަތީޖާ އިލެކްޝަންސް އިން އިއުލާނު ކުރާނެ ކަމަށެވެ. އަދި އެއްވެސް ޕާޓީއަކުން އެދިގެން ގާނޫނުގައި ނެތްކަމެއް ކުރެވެން ނޯންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް