ނިމިދިޔަ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުން ފަސްކޮށްދިނުމަށް އެދި ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއިން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެއެވެ.
އިންތިހާބާ ގުޅޭ މައްސަލަތަކެއް ފާހަގަކޮށް، ފޮނުވި ސިޓީގައި އެދިފައި ވަނީ އެ މައްސަލަތަކާ މެދު ގޮތެއް ނިމެންދެން ނަތީޖާ އިއުލާންކުރުން ފަސް ކޮށްދިނުމަށެވެ. ޕީޕީއެމްގެ އެދުމާއި މެދު ގޮތެއް ނިންމާނީ މާދަމާ އޮންނަ އެ ކޮމިޝަންގެ ބައްދަލުވުމުގައި އެވެ.
ގާނޫނުގައި ބުނާ ގޮތުން ވަގުތީ ނަތީޖާ އިއުލާންކުރާތާ ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރަން ޖެހެ އެވެ.
އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިހާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް