ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މި ވަގުތުވެސް އާޒިމާ ޝަކޫރު ހުންނެވީ ހައި ކޯޓުގައި ކަމަށް ދެކެވޭ ވާހަކަތައް އާޒިމާ ޝަކޫރު ދޮގުކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި އާޒިމާ ޝަކޫރު އެކަން ދޮގުކުރެއްވީ ފޭސްބުކްގައި ޖެއްސެވި ޕޯސްޓެއްގައެވެ.
ވަރުގަދަ ހިނިގަނޑަކާއެކު އާޒިމާ ވިދާޅުވެފައިވަނީ "މިހުރީ ގޭގައި" ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމުގެ އަޑު މިވަނީ ގަދަވެފައެވެ. ބައިނަލްއަގްވާމީ މީޑިއާތަކާއި ހަމައަށް މި ވާހަކަތައް ފޯރާފައިވާއިރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ވޯޓުގެ ނަތީޖާ ބާތިލު ކުރުމަށް ގިނަ މަސައްކަތްތަކެއް ވެރިކަންކުރާ ޕީޕީއެމުން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް