އިންތިހާބު ބާތިލުކުރަން އުޅޭ ވާހަކަ ބޭރުގެ މީޑީއާތަކަށް

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކޮށް ރައީސް ޔާމީން ވެރިކަމުގައި ހުންނަވަން މަސައްކަތްޕުޅުކުރައްވަމުން އަންނަކަމުގެ ވާހަކަ ބޭރުގެ މީޑީއާތަކުގައިވެސް ރިޕޯޓްކޮށްފިއެވެ. އެގޮތުން ވ...

26 Sep 2018 | 14:20

އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލުކޮށް ރައީސް ޔާމީން ވެރިކަމުގައި ހުންނަވަން މަސައްކަތްޕުޅުކުރައްވަމުން އަންނަކަމުގެ ވާހަކަ ބޭރުގެ މީޑީއާތަކުގައިވެސް ރިޕޯޓްކޮށްފިއެވެ.

އެގޮތުން ވޮޝިންޓަން ޕޯސްޓާއި ފަސްޓްޕޯސްޓްގައި މި ވާހަކަ ރިޕޯޓްކޮށްފައިވެއެވެ.

މި ދެ ނޫހުގައިވެސް މި ވާހަކަތައް ރިޕޯޓްކޮށްފައިވަނީ ގުޅިފައިވާ އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފް އާއި ހަވާލާދީ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ހާމަކޮށްފައިވާގޮތުގައި ރައީސް ޔާމީން ބަލި ގަބޫލެއް ނުކުރައްވައެވެ. ރީތިކޮށް ގެންދަން އުޅުނަސް ރައީސް ޔާމީން ހުންނެވީ މަސްލަހަތު ގެއްލުވާލާގޮތަށް ކަމަށާއި އިންތިހާބު ބާތިލުކުރުމަށް ދަނީ ރާވަމުން ކަމުގައި މަހްލޫފް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެޗްޑީސީގެ ތެރޭގައި ޝަކުވާ ފޯމުތަކެއް ފުރަމުން އަންނަ ކަމަށާއި 40 ހާސް ވޯޓުގެ ބޮޑު ތަފާތަކުން ރައްޔިތުން ނޫނެކޭ ބުނީމާވެސް އަދިވެސް މައިތިރި ނުވާކަމަށް މަހްލޫފް ވިދާޅުވެފައިވެއެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ އީސީއަށް މައްސަލަ ހުށަހަޅާފައި ހައިކޯޓަށްވެސް މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ރައްޔިތުންގެ ނިންމުން ބޮލާލާ ނުޖެހޭނެ، ބޭނުންހާ އެއްޗެއް ހަދަން (އަޅުގަނޑުމެން) އަދި ދުނިޔެވެސް ފުރުސަތެއް ނުދޭނެ" މަހްލޫފް މިއަދު ވިދާޅުވެފައިވެއެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ގަމްބިއާގެ ރައީސް ޔަހްޔާ، އިންތިހާބު ބަލި ގަބޫލުކޮށް ފަހުން ވެރިކަމުގަ ހުންނަން ހިފީމަ ވީގޮތް ސާފު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް