ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދެ މުވައްޒަފުން ކަމުގައިވާ މުހައްމަދު އަޒްމީ އާއި ނަޖްމާ އިބްރާހިމް މިނިވަންކޮށްފިއެވެ.
ރައީސް މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު އަޒްމީ އަދި ރައީސް މައުމޫންގެ އޮފީހުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ ނަޖްމާ މިއަދު ދޫކޮށްލާފައިވަނީ ދެ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
ޝަރުތަކާއި ނުލާ މި ދެ މީހުން މިއަދު ދޫކޮށްލާފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކިތަކެއްގެ މައްސަލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް