ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި އެކު މަޖިލީހުގެ ޖަލްސާތައް ފެށުމަކީ ހަމަޖެހުމަށް އޮތް އެންމެ ބޮޑު މަގު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ މެންބަރުންވެސް ބައިވެރިކޮށްގެން މަޖިލީހުގެ ޖަލްސާތައް ފަށަން ޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމަށާއި ރިޔާސީ އިންތިހާބުގައި ދިވެހިން ނިންމި ނިންމުމާއި އެއްގޮތަށް ކުރިޔަށް ދިއުމަށް ބޭނުންތެރި ކަމެއް ކަމަށެވެ.
https://twitter.com/MohamedNasheed/status/1044846750417244160
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންނާއި އެކު ކަމަށް ވިދާޅުވެފަ އެވެ.
ޕީޕީއެމް އާއި ރައީސް އަބްދުﷲ ޔާމީންގެ ފަޅި ދޫކޮށް އިދިކޮޅާއި ގުޅުނު މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި އެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ޕީޕީއެމްގެ މެންބަރުން ފާސް ކުރި ގާނޫނަކާއި ގުޅިގެން ނެރެން ޖެހުނު ހުކުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް