ޔާމީން ބަލި ގަބޫލެއް ނުކުރޭ، އިންތިހާބު ބާތިލުކުރުމަށް ދަނީ ރާވަމުން: މަހްލޫފް

ރައީސް ޔާމީން ބަލި ގަބޫލުނުކުރައްވާކަމަށާއި އިންތިހާބު ބާތިލު ކުރުމަށް އަންނަނީ ރާވަމުން ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ މިއަދު ކު...

26 Sep 2018 | 07:06

ރައީސް ޔާމީން ބަލި ގަބޫލުނުކުރައްވާކަމަށާއި އިންތިހާބު ބާތިލު ކުރުމަށް އަންނަނީ ރާވަމުން ކަމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވަނީ ރީތިކޮށް ގެންދަން އިދިކޮޅު ކޯލީޝަނުން އުޅުނަސް ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަމުންގެންދަވަނީ މަސްލަހަތު ގެއްލުވާލާގޮތަށް ކަމަށެވެ.

"އިންތިޚާބު ބާތިލުކުރުމަށް ދަނީ ރާވަމުން" މަހްލޫފްގެ ޓްވީޓްގައި ވެއެވެ.

މަހްލޫފް ވިދާޅުވެފައިވަނީ ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހާ، ދިވެހި ފުލުހުން، ސިފައިން، އީސީ އަދި ސުޕްރީމް ކޯޓުން އެ ފުރުސަތު ނުދެއްވުމަށް ރައްޔިތުންނަށް ގޮވާލާ ކަމަށެވެ. ރައްޔިތުން ސަމާލުވެތިއްބެވުމަށްވެސް މަހްލޫފް ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް