އުރީދޫ ކަސްޓަމަރުންނަށް ސަޅި ހައްލެއް – "މަގޭ ޕްލޭން" އާއެކު އަމިއްލަ ޕްލޭން އަމިއްލައަށް ޑިޒައިން ކޮށްލެވޭ

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، މޮބައިލް ޕްލޭން އަމިއްލަފުޅަށް ޑިޒައިން ކޮށްލެވޭ ހާއްސަ ޚިދުމަތެއްކަމަށްވާ "މަގޭ ޕްލޭން" މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ. މި ހިދުމަތާއެކު އުރީދ...

26 Sep 2017 | 09:07

ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެގޮތަށް، މޮބައިލް ޕްލޭން އަމިއްލަފުޅަށް ޑިޒައިން ކޮށްލެވޭ ހާއްސަ ޚިދުމަތެއްކަމަށްވާ "މަގޭ ޕްލޭން" މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.

މި ހިދުމަތާއެކު އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ޑިޖިޓަލް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި، ފުރުސަތުތައް ފޯރުކޮށްދިނުމަށް އުރީދޫ އިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުން މަގޭ ޕްލޭން ތައާރަފްކުރުމީ އުރީދޫގެ މި މަސައްކަތުގައި، ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.

"ސަބަބަކީ، މުއާސަލާތީ ޚިދުމަތްތަށް ހޯދުމުގައި، ކުރިން ނުލިބޭ ފަދަ ފަސޭހަތަކެއް، މަގޭ ޕްލޭންގެ އެހީގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވުން. އުރީދޫގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް، ކަސްޓަމަރުންނަށް އެންމެ އެކަށޭނެ ޕްލޭން އެއް، އެބޭފުޅުންނަށް އަމިއްލަ އަށް މިހާރު ޑިޒައިން ކޮށްލެވޭނެ. ވަރަށް ފަސޭހަކަމާއި އެކު، އެންމެ އެކަށޭނަ އަގެއްގައި، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިހާރު އުރީދޫގެ ޚިދުމަތްތައް ބޭނުންކޮށްލެވޭނެ." އުރީދޫގެ ސީއީއޯ، ނަޖީބު ޚާން ވިދާޅުވިއެވެ.

ކޮންމެ ކަސްޓަމަރަކަށްވެސް، ކޮންމެ ހިސާބެއްގައި ހުރެގެންވެސް، އެ ބޭފުޅަކަށް އެންމެ ފަސޭހަ ގަޑިއެއްގައި، މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް މަގޭ ޕްލޭންގެ ޚިދުމަތް ފަސޭހަކަމާއި އެކު ހޯދޭނޭ ކަމަށް އުރީދޫން ހާމަކުރެ އެވެ. މިގޮތުން އުރީދޫ ވެބްސައިޓުން މިހާރުވެސް މަގޭ ޕްލޭން ފަރުމާކޮށްލެވޭ އިރު، އުރީދޫގެ މޮބައިލް އެޕްލިކޭޝަނަށްވެސް މި ހަފްތާ ތެރޭގައި މަގޭ ޕްލޭންގެ ޚިދުމަތް ލިބިގެންދާނޭ ކަމުގައިވެސް އުރީދޫން ހާމަކުރެ އެވެ.

މި ހިދުމަތް ތައާރަފް ކޮށްފައިވަނީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުން ހިފޭ މި ޚާއްޞަ ޚިދުމަތާއި އެކު، އެބޭފުޅެއްގެ މޮބައިލް ޕްލޭންގެ ކޮންމެ ބައެއްވެސް ވަކިން ފަރުމާކޮށްލެވޭނޭ ގޮތަށެވެ. މިގޮތުން، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް، ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީގެ ޙިދުމަތް ޙިޔާރުކޮށްލެވޭނެ އެވެ.

މަގޭ ޕްލޭންގެ ޚިދުމަތް ބޭނުންކުރުމަށް:

  1. މަގޭ ޕްލޭން ފަރުމާކުރުމަށް، މައި އުރީދޫއަށް ލޮގްއިން ކޮށްލައްވާ. އެއަށްފަހު މަގޭ ޕްލޭން އައިކަން ޚިޔާރުކުރައްވާ.
  2. މޮބައިލް ޑޭޓާ އަށް ފިތާލެއްވުމަށްފަހު ބޭނުންފުޅުވެލައްވާ ޑޭޓާ އެލަވަންސް ޚިޔާރު ކުރައްވާ. މިގޮތުން 100 އެމްބީ އިން ފެށިގެން 1000 ޖީބީއާއި ހަމައަށް އިޚްތިޔާރު ކުރެއްވޭނެ.
  3. ކޯލް ކުރެއްވުމަށް ބޭނުންފުޅުވާ ވަރެއް ކަނޑައަޅުއްވާ. އުރީދޫގެ ނަމްބަރުތަކަށް ވަކި މިންވަރެއް، ނުވަތަ ލޯކަލް ކޮންމެ ނަމްބަރަކަށް ގުޅާލުމަށްވެސް، 20،000 މިނިޓާ ހަމައަށް އިޚްތިޔާރު ކުރެއްވޭނެ.
  4. ގިނައިން އެސްއެމްއެސް ކުރައްވާ ބޭފުޅެއްނަމަ، އެސްއެމްއެސް ކުރައްވަން ބޭނުންފުޅުވާ މިންވަރެއް ކަނޑައަޅުއްވާ. ގިނަވެގެން 25،000 އެސްއެމްއެސް ޚިޔާރު ކުރެއްވިދާނެ.
  5. ޑޭޓާ، ކޯލް އަދި އެސްއެމްއެސް ޕެކޭޖްގެ މުއްދަތުގެ ގޮތުގައި 1 ދުވަސް، 3 ދުވަސް، 7 ދުވަސް، 15 ދުވަސް، ނުވަތަ 30 ދުވަސްވެސް އިޚްތިޔާރު ކުރެއްވޭނެ.
  6. އައިޑީޑީ ކޯލް ކުރައްވާ ބޭފުޅުންނަށްވެސް މަގޭ ޕްލޭންއިން ވަރަށް ޚާއްޞަ މަންފާތަކެއް ލިބިވަޑައިގަންނަވާނެ. މިގޮތުން އެންމެ 19 ރުފިޔާއަށް ރާއްޖެއިން ބޭރަށް ގުޅާލުމަށް އެންމެ ހެޔޮއަގު 30 ދުވަހުގެ މުއްދަތަށް ބޭނުންފުޅުވާނަމަ، އައިޑީޑީ އޮފަރ އިޚްތިޔާރު ކުރެއްވޭނެ.
  7. ބޭނުންފުޅުވާ ގޮތަށް މަގޭ ޕްލޭން ފަރުމާކުރަމުންދާއިރު، ޕްލޭންގެ ޖުމްލަ އަގު ފެނިވަޑައިގަންނަވާނެ. ޕްލޭން އިޚްތިޔާރު ކުރެއްވުމަށް "ކްރިއޭޓް މަގޭ ޕްލޭން" ބަޓަނަށް ފިއްތާލައްވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް