ފިލްމު "ސުޕަރ 30" ގައި ރިތިކް ކުޅެނީ ހިސާބު އިލްމުވެރިއެއްގެ ރޯލު

އިންޑިއާގެ ހިސާބު އިލްމުވެރިއެއް ކަމުގައިވާ އަނަންދު ކުމާރާއި ރިތިކް ރޯޝަން ބައްދަލުކުރާ ފޮޓޯއެއް ދާދިފަހުން ފެނިގެން ގޮސްފައިވާއިރު އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް ހަދާ ބަޔޯ ޕިކް "ސުޕަރ 30" ގައި ...

26 Sep 2017 | 01:23

އިންޑިއާގެ ހިސާބު އިލްމުވެރިއެއް ކަމުގައިވާ އަނަންދު ކުމާރާއި ރިތިކް ރޯޝަން ބައްދަލުކުރާ ފޮޓޯއެއް ދާދިފަހުން ފެނިގެން ގޮސްފައިވާއިރު އަނަންދު ކުމާރުގެ ހަޔާތުގެ މައްޗަށް ހަދާ ބަޔޯ ޕިކް "ސުޕަރ 30" ގައި ރިތިކް ރޯޝަން ކުޅެނީ ހިސާބު އިލްމުވެރިއެއްގެ ރޯލުކަން ހާމަކޮށްފި އެވެ.

އަނަންދު ކުމާރު މަޝްހޫރުވެފައިވަނީ ކޮންމެ އަހަރަކު އައިއައިޓީގެ އެންޓްރެންސް އިމްތިހާނަށް 30 ދަރިވަރުން ތަމްރީނުކޮށްދޭތީ އެވެ. އަދި އެ ދަރިވަރުން އެ އިމްތިހާނުން ފާސްވާ ރޭޓު އިންތިހާއަށް މަތި ކަމުގައިވާތީ އެވެ.

މި ފިލްމުގައި ރިތިކް ކުޅެނީ ހިސާބު އިލްމުވެރިއެއްގެ ރޯލުކަން ހާމަކޮށްފައިވަނީ ޓްރޭޑް އެނަލިސްޓެއް ކަމުގައިވާ ތަރަން އަދަރްޝް އެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ޓްވީޓެއް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް