އައިޝްްވާރިޔާއާއެކު އަނެއްކާވެސް ފިލްމެއް ކުޅެލަން ލިބުމުން މިހުރީ ވަރަށް އުފަލުން: އަނިލް ކަޕޫރު

ރާކޭޝް އޯމްޕްރަކާޝް މެހެރާގެ އައު ފިލްމު، "ފަންނޭ ޚާންގެ" ތަރިންގެ ގޮތުގައި އައިޝްވާރިޔާ ރާއި ބައްޗަން އަދި އަނިލް ކަޕޫރު ހަމަޖައްސާފައިވާއިރު އައިޝްވާރިޔާއާއެކު ފިލްމެއް ކުޅެލަން އިތުރު ފުރުސަތެއް ލި...

26 Sep 2017 | 00:51

ރާކޭޝް އޯމްޕްރަކާޝް މެހެރާގެ އައު ފިލްމު، "ފަންނޭ ޚާންގެ" ތަރިންގެ ގޮތުގައި އައިޝްވާރިޔާ ރާއި ބައްޗަން އަދި އަނިލް ކަޕޫރު ހަމަޖައްސާފައިވާއިރު އައިޝްވާރިޔާއާއެކު ފިލްމެއް ކުޅެލަން އިތުރު ފުރުސަތެއް ލިބުމުން އިންތިހާއަށް އުފާވާކަމަށް އަނިލް ކަޕޫރު ބުނެފި އެވެ.

"ފަންނޭ ޚާން" މި ފިލްމަކީ މި ދެ ތަރިން އެކުގައި ފެނިގެންދާ ތިންވަނަ ފިލްމެވެ. ދެވަނަ ފިލްމަކީ "ތާލް" އެވެ. ފުރަތަމަ ފިލްމަކީ "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" އެވެ.

"އަހަރެން މިހުރީ އައިޝްވާރިޔާއާއެކު އަނެއްކާވެސް ފިލްމެއް ކުޅެން ފުރުސަތު ލިބުމުން ވަރަށް އުފަލުން، މިއީ އަހަރެމެން ދެމީހުން އެކުގައި ކުޅޭ ތިންވަނަ ފިލްމު، މި ފިލްމު ޝޫޓިން އަންނަ އޮކްޓޯބަރުގައި ފަށާނެ" އަނިލް ބުނެފައި ވެ އެވެ.

މި ފިލްމާއިބެހޭގޮތުން އައިޝްވާރިޔާ ބުނެފައިވަނީ ފިލްމާއިބެހޭގޮތުން ދައްކާނެ މާކަ ގިނަ ވާހަކަތަކެއް ނެތް ކަމަށާއި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް