އައު އައިފޯނު "ފުނޑާލުމުގެ" ޓެސްޓް، ވީވަރަކީ ކޮބައިކަން އެނގޭތަ !

އައިފޯނު 8 ގެ އެންމެ ބޮޑު ތަފާތަކަށްވީ ފަހަތް ބިއްލޫރިކޮށްލާފައި ވުމެވެ. އެޕަލްއިން ބުނެފައިވަނީ އައިފޯނު 8ގެ ފަހަތުގައި ބޭނުންކޮށްފައިވާ ބިއްލޫރި އަކީ ވަރަށް ވަރުގަދަ ބިއްލޫރިއެއް ކަމަށެވެ. މި ބިއްލޫ...

26 Sep 2017 | 00:34

އައިފޯނު 8 ގެ އެންމެ ބޮޑު ތަފާތަކަށްވީ ފަހަތް ބިއްލޫރިކޮށްލާފައި ވުމެވެ. އެޕަލްއިން ބުނެފައިވަނީ އައިފޯނު 8ގެ ފަހަތުގައި ބޭނުންކޮށްފައިވާ ބިއްލޫރި އަކީ ވަރަށް ވަރުގަދަ ބިއްލޫރިއެއް ކަމަށެވެ.

މި ބިއްލޫރީގެ ވަރުގަދަކަން ބެލުމަށް ސްކޮޔާ ޓްރޭޑުން މިވަނީ "ބްރޭކެބިލިޓީ ޓެސްޓް" އެއް ހަދާފަ އެވެ. މި ޓެސްޓްގައި ބޭނުންކޮށްފައިވަނީ އައިފޯނު 8 ގެ އިތުރުން އައިފޯނު 8 އެސް އަދި ސެމްސަންގް ގެލެކްސި ނޯޓް 8 އެކެވެ.

https://youtu.be/pCvGBu6QXXQ

މި ތިން ފޯނު އެކި ގޮތްގޮތަށް އުކާ، މަތިން ވައްޓާ ބިއްލޫރިތައް ތަޅާލުމަށްފަހު އާހިރު ނަތީޖާ، ސްކޮޔާ ޓްރޭޓުން ވަނީ އާއްމު ކޮށްފަ އެވެ. އައިފޯނު 8 ގެ ބްރޭކެބިލިޓީ ސްކޯ އަކީ 67 އެކެވެ. ގިންތި ކޮށްފައިވަނީ މީޑިއަމް ރިސްކުގެ ގޮތުގަ އެވެ. އައިފޯނު 8 ޕަލަސްގެ ބްރޭކެބިލިޓީ ސްކޯއަކީ 74 އެކެވެ. ގިންތި ކޮށްފައިވަނީ މީޑިއަމް ހައި ރިސްކުގެ ގޮތުގަ އެވެ. ގެލެކްސީ ނޯޓް އަށެއްގެ ބްރޭކެބިލިޓީ ސްކޯ އަކީ 80 އެވެ. ގިންތި ކޮށްފައިވަނީ ހައި ރިސްކުގެ ގޮތުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް