ސަލްމާން ރަސްގެފާނުގެ ރިލީފް ސެންޓަރުގެ ޓީމެއް ރޮހިންގާ ކޭމްޕްތަކަށް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ރިލީފް ސެންޓަރުގެ ޓީމެއް ރޮހިންގާ ކޭމްޕްތަކަށް ގޮސްފައިވާކަމަށް އެ ރިލީފް ސެންޓަރުން ހާމަކޮށްފި އެވެ. އެ ރިލީފް ސެންޓަރުން ބުނ...

26 Sep 2017 | 00:21

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ރިލީފް ސެންޓަރުގެ ޓީމެއް ރޮހިންގާ ކޭމްޕްތަކަށް ގޮސްފައިވާކަމަށް އެ ރިލީފް ސެންޓަރުން ހާމަކޮށްފި އެވެ.

އެ ރިލީފް ސެންޓަރުން ބުނެފައިވަނީ އެ ޓީމްގެ މި ޒިޔާރަތުގައި އެ ކޭމްޕްތަކުގައި މަދުވަނީ އަސާސީ ކޮންކޮން ކަންތައްތަކެއްތޯ ބަލާނެ ކަމަށެވެ. އަދި މިއީ ބަންގްލަދޭޝް ސަރުކާރާއި ބައިނަލްއަގްވާމީ މައިގްރޭޝަން ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދިޔަ ޒިޔާރަތެއް ކަމުގައިވެސް އެ ރިލީފް ސެންޓަރުން ބުނެފައި ވެ އެވެ.

އެ ރިލީފް ސެންޓަރުން އިތުރަށް ބުނެފައިވަނީ ބަލަން ޖެހޭ ކަންކަން މިހާރު ބަލާފައިވާކަމަށާއި ރޮހިންގާ މުސްލިމުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ފުއްދައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް