ގޯޕްރޯއިން އެ ކުންފުނީގެ ޕްރޮޑަކްޓް ލޯންޗް އިވެންޓެއް މި މަހުގެ 28 ގައި ބާއްވަން ނިންމައިފި އެވެ.
މި އިވެންޓްގައި ލޯންޗްކުރަނީ ކޮން އުފެއްދުމެއްކަން ގޯޕްރޯއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭގޮތުގައި އެ އިވެންޓްގައި ގޯޕްރޯ ހީރޯ 6 ބްލެކް ތައާރަފް ކުރާނެ އެވެ. އަދި ހަމަ އެދުވަހު މި އުފެއްދުން ވިއްކަން ފަށާނެ ކަމަށްވެސް ބެލެވެ އެވެ.
މި އުފެއްދުން އެދުވަހު ލޯންޗްކޮށް ވިއްކަން ފަށާނެ ކަމުގައި ބެލެވެނީ ބައެއް ސްޓޯރުތަކަށް މި އުފެއްދުން މިހާރު ފޮނުވާފައިވާތީ އެވެ. އަދި ބައެއް ސްޓޯރުތަކުން އޮޅިގެން މި އުފެއްދުން ޑިސްޕްލޭ ކޮށްފައިވެސް ވާތީ އެވެ.
ގޯޕްރޯ 6 ތައާރަފް ކުރާނެ ކަމަށް ބެލެވޭއިރު މި އުފެއްދުމުގައި ޑިޒައިނަށް މާ ބޮޑު ބަދަލެއް ގެނެސްފައިވާކަމުގައި ނުބެލެވެ އެވެ. ނަމަވެސް އިންޓާނަލީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށް ބެލެވެ އެވެ. އެގޮތުން 4 ކޭ ކޮލިޓީ ވީޑިއޯ ސިކުންތަކު 60 ފްރޭމްގައި ރެކޯޑް ކުރެވޭއިރު އެޗްޑީ ކޮލިޓީ ވީޑިއޯ ސިކުންތަކު 240 ފްރޭމް ރެކޯޑް ކޮށްލެވޭނެ އެވެ. ގޯޕްރޯ 5 އަށްވުރެ، ސްޕީޑް ދެގުނަ އަވަސްވާނެ އެވެ. މި އުފެއްދުން އަންނަނީ އައު ޗިޕަކާއެކުގަ އެވެ.
ލޯންޗިން އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންފްރެސިސްކޯގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް