ބީއެމްޑަބްލިއު އިން އަލަށް ތައާރަފް ކުރުމަށް ތައްޔާރު ވަމުން އަންނަ 530 އީ އައިޕާފޯމޭންސް ޕްލަގިން ހައިބްރިޑް ކާރުގައި ވަޔަރލެސް ޗާޖިން ޓެކްނޮލޮޖީ ހިމަނައިފި އެވެ.
މިއީ ކާރަކަށް ވަޔަރލެސް ޓެކްނޮލޮޖީ ތައާރަފްކުރި ފުރަތަމަ ފަހަރު ކަމުގައިވާއިރު ބީއެމްޑަބްލިއު ކުންފުނިން ބުނެފައިވަނީ މި ޓެކްނޮލޮޖީ އެމެރިކާ އަދި ކެނެޑާގައި ތައާރަފް ކުރުމަށް ޓެސްޓް ތައް ހަދަމުން އަންނަ ކަމަށެވެ. އަދި ކަމާބެހޭ މުއައްސަސާތަކުގެ ހުއްދަވެސް ނަގަން ޖެހޭ ކަމަށެވެ.
ކާރު ފުލްޗާޖް ކޮށްލުމަށް ހޭދަވާނީ ގާތްގަނޑަކަށް ތިން ގަޑިއިރާ ބައި ކަމަށް ބީއެމްޑަބްލިއު އިން ބުނެފައި ވެ އެވެ.
މި ކާރު ވިއްކަން ފަށަން ނިންމާފައިވަނީ އަންނަ އަހަރު ކުރީކޮޅުގަ އެވެ. ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައެއް ނުވެ އެވެ. ބީއެމްޑަބްލިއު އިން އިތުރަށް ބުނެފައިވަނީ ވަޔަރލެސް ޗާޖިން ފުރަތަމަ ތައާރަފް ކުރާނީ 530 އީ މޮޑެލްއަށް އެކަނި ކަމަށާއި ނަމަވެސް ފަހުން، އެލެކްޓްރޯނިކް އެހެން މޮޑެލްތަކަށް މި ޓެކްނޮލޮޖީ ތައާރަފް ކުރަމުންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް