ޗައިނާގައި ވަޓްސްއެޕް ބްލޮކް ކޮށްފި

ޗައިނާގައި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށް އެގައުމުގައި ވަޓްސްއެޕް ބްލޮކް ކޮށްފި އެވެ. ޗައިނާގައި ވަޓްސްއެޕް މަނާކޮށްފައިމިވަނީ ވަޓްސްއެޕް މެދުވެރިކޮށް ފޮޓޯއާއި ވީޑިއޯ ނުފޮނުވޭގޮތް އެ ގައުމުގައި ހަދާ...

25 Sep 2017 | 22:41

ޗައިނާގައި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށް އެގައުމުގައި ވަޓްސްއެޕް ބްލޮކް ކޮށްފި އެވެ.

ޗައިނާގައި ވަޓްސްއެޕް މަނާކޮށްފައިމިވަނީ ވަޓްސްއެޕް މެދުވެރިކޮށް ފޮޓޯއާއި ވީޑިއޯ ނުފޮނުވޭގޮތް އެ ގައުމުގައި ހަދާފައި އޮންނަތަ ދެތިން މަސް ދުވަސް ފަހުންނެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި ވަޓްސްއެޕް ބްލޮކް ކުރުމަށް ޗައިނާއިން ވަނީ އެގައުމުގެ ފަޔަރވޯލް އަޕްގްރޭޑް ކޮށްފަ އެވެ. އަދި އެ އަޕްގްރޭޑަށްފަހު ޗައިނާގެ އެއްވެސް ހިސާބެއްގައި އިއްޔެއްސުރެ ވަޓްސްއެޕް ބޭނުން ނުކުރެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޗައިނާގައި ވަޓްސްއެޕް ބްލޮކްކޮށްފައިވާއިރު މިއީ ފޭސްބުކަށް ލިބޭނެ އިތުރު ގެއްލުމެކެވެ. އެއީ ވަޓްސްއެޕަކީ މިހާރު ފޭސްބުކްގެ ކުޑަދަށުގައިވާ ކުންފުންޏަކަށް ވާތީ އެވެ. ޗައިނާގައި 2009 ވަނަ އަހަރު ފޭސްބުކްވެސް ވަނީ ބްލޮކް ކޮށްފަ އެވެ. ޗައިނާ މީހުން ބޭނުންކުރަނީ އެމީހުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް