މެންޗެސްޓަރ އެރީނާއަށް މިދިޔަ މެއި މަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާދިން ޑޮކްޓަރަކަށް މެންޗެސްޓާގައި ޓެރަރިސްޓް ހަމަލާއެއް ދީފި އެވެ.
އިއްޔެ ހަވީރު މި ހަމަލާ ދީފައިވަނީ އުމުރުން 58 އަހަރުގެ ޑރ. ނަސީރު ކުރުދީގެ ކަރަށެވެ. އޭނާގެ ކަރަށް ވަޅިން ހަމަލާ ދީފައި ވެ އެވެ.
ޑރ. ނާސިރު ކުރުދީއަކީ އިމާމެއްވެސް މެ އެވެ. އޭނާ އަށް ހަމަލާ ދީފައިވަނީ އަސްރު މަގްރިބް ނަމާދަށް ބަންގި ގޮވުމަށް މިސްކިތައް ދިޔަ މަގުމަތީގަ އެވެ.
މަންޒަރު ދުށް މީހަކު ބުނެފައިވަނީ ޑރ. ނާސިރަށް ހަމަލަ ދިން މީހުން އިސްލާމް ދީނާއި ދެކޮޅު ބަސްތައް ބުނި ކަމަށެވެ. ޑރ. ނާސިރުގެ ކަރުގެ ތިން ސެންޓިމީޓަރު ފުންމިނަށް ވަޅި ހަރާފައި ވެ އެވެ. އާއިލާއިން ބުނެފައިވަނީ ނާސިރުގެ ހާލު ރަނގަޅު ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ. އެއީ 32 އަހަރުގެ މީހަކާއި 54 އަހަރުގެ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް