އެމެރިކާއިން ހަނގުރާމަ އިއުލާނު ކޮށްފިކަމުގައި އުތުރު ކޮރެއާއިން ބުނެފި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އުތުރު ކޮރެއާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފިކަމުގައި އުތުރު ކޮރެއާއިން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު...

25 Sep 2017 | 21:40

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އުތުރު ކޮރެއާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފިކަމުގައި އުތުރު ކޮރެއާއިން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮންގ ވިދާޅުވެފައިވަނީ ޕެނިންސުލާ މަތިން އުދުހެމުން އަންނަ، އެމެރިކާގެ އަސްކަރީ ފްލައިޓްތައް ވައްޓާލުމުގެ ފުރިހަމަ އިހްތިޔާރު މިހާރު އުތުރު ކޮރެއާއަށް ލިބިގެން ވާކަމަށާއި ހަނގުރާމަ އިއުލާނުކުރީ އެމެރިކާއިންކަން ދުނިޔެ ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އުތުރު ކޮރެއާއިން މިހެން ބުނެފައިވާއިރު އުތުރު ކޮރެއާ ސުންނާފަތި ކޮށްލާނެ ކަމަށް ޓްރަމްޕް ބުނެފައި ވެ އެވެ. އަދި ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު އދ ގައި ދެއްވި ތަގުރީރު އަޑު އެއްސެވި ކަމަށާއި ހާމަވެގެން ދިޔައީ "ކުޑަ ކުޑަ ރޮކެޓް މީހާ(ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ސިފަކުރާ ގޮތް) ގެ ހިޔާލު ކަމަށެވެ. އަދި އެ ގައުމުގެ މާގިނަ ދުވަހަކު ނޯންނާނެ ކަމަށް" ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

ދެގައުމުގެ މަސްރަހު ގޯސްވެ އެއްގައުމު އަނެއްގައުމަށް އިންޒާރުދީ ބަސްބަހުން ޖަހަމުން އަންނައިރު ހަމަ ހަގީގަތުގައިވެސް ދެ ގައުމުން ބޮޑު ހަނގުރާމައެއް ކޮށްފާނެ ކަމުގެ ބިރު މިހާރު އުފެދިފައިވާކަމަށް މުރާސިލުން ދެކެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް