މިހާރު މީޑިއާތަކުގައި ދައުރުވަމުންދާ ލިސްޓަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހާދިސާތަކަށް ރޭވުންތެރިކަމާއެކު ތައްޔާރުވުމުގެ ގޮތުން އެކުލަވާލާފައިވާ ލިސްޓެއް ކަމަށާއި ހަނދު ކޭތައާއި ގުޅިގެން ވަކި ރަށަކަށް އުދައަރާނެކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ގުދުރަތީ މިފަދަ ހާދިސާއެއްގައި ކުރެވޭނެ ކަމެއް ނޫންކަމަށް އެ ސެންޓަރުން ބުނެފި އެވެ.
އެންޑީއެމްސީ އިން މިހެން ބުނެފައިވަނީ "އުދަ އަރާނެކަމުގެ ފުރުސަތު ބޮޑު 44 ރަށެއް އެ ސެންޓަރުގެ ފަރާތުން ހާމަކޮށްފައިވާކަމަށްބުނެ ބައެއް މީޑިއާތަކުގައި ޖަހާފައިވާ ހަބަރާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައވަނީ ކޭތައިގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން ނިމުތު(ފޯކާސްޓް) ކޮށްފައިވާތީ ޑިއެންއެމްސީގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ރަށު ފެންވަރުގަޔާއި އަދި ފަރުދީ ފެންވަރުގައި އުދައަރާނާގެ ކަމަށް ވީ އެންމެ ފުރިހަމައަށް ތައްޔާރުވެ ތިބުން ކަމަށެވެ.
އަދި މިފަދަ ގުދުރަތީ ހާދިސާތަކުގައި އެންމެ ރަނގަޅުގޮތަކީ ދުރާލާ ތައްޔާރުވުމާއިއެކު ކަމާ ގުޅުންހުރި ދާއިރާތަކުން ފޯރުކޮށްދޭ ސައްހަ މައުލޫމާތުތަކަށް ސަމާލުވުން ކަމަށްވެސް އެންޑީއެމްސީ ބަޔާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް