އުދަ އަރާފާނެތީ ބައެއް ކަންކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި

މާދަމައިން ފެށިގެން މިމަހުގެ ނިޔަލަށް އުދަ އަރާފާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އުދަ އަރާފާނެތީ ބައެއް ކަންކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން ރައްޔިތުން ކުރެން އިލްތިމާސް ކޮށްފި އެވެ. އެ...

26 Sep 2015 | 16:55

މާދަމައިން ފެށިގެން މިމަހުގެ ނިޔަލަށް އުދަ އަރާފާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ އުދަ އަރާފާނެތީ ބައެއް ކަންކަމަށް ސަމާލުވުމަށް ހެލްތު މިނިސްޓްރީން ރައްޔިތުން ކުރެން އިލްތިމާސް ކޮށްފި އެވެ.

އެގޮތުން މައިގަނޑު ހަތަރު ކަމަކަށް ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފައި ވެ އެވެ.

ފުރަތަމަ ކަމަކަށް އިލްތިމާސް ކޮށްފައިވަނީ ކާބޯތަކެތި އަދި ފެން ރައްކާތެރިގޮތުގައި ބެހެއްޓުމަށެވެ.

ދެވަނަ ކަމަކަށް އިލްތިމާސް ކޮށްފައިވަނީ ބޭނުންކުރާ ބޭސް ރައްކާތެރިގޮތުގައި ބެހެއްޓުމަށެވެ.

ތިންވަނަ ކަމަކަށް އިލްތިމާސް ކޮށްފައިވަނީ އުދައެރުމުން ފެތުރިދާނެ ބަލިމަޑުކަމަކުން ރައްކާތެރިވެ ތިބުމަށެވެ.

ހަތަރުވަނަ ކަމަކަށް އިލްތިމާސް ކޮށްފައިވަނީ ދަތުރު ކުރާއިރު އަމިއްލަ ސަލާމަތަށް އިސްކަން ދިނުމަށެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީއާއި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެްނ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ ރައްކާތެރިކަން އިތުރު ކުރުމަށް އިރުސާދު ދިނުމާއި އެތަންތަނުގެ ތައްޔާރީ ހާލަތު ހަރުދަނާކުރުމާއި އާންމުންނަށް ސިއްހީ މައުލޫމާތު ފޯރުކޮށްދިނުން ހިމެނޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް