އުމުރުން އެންމެ އެގާރަ އަހަރުގައި ހެރީ ޕޮޓާ ކުޅެގެން މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދި ތަރި ޑޭނިއެލް ރެޑްކްލިފް މިހުރިހާ ދުވަހު ގެންގުޅުނު ސްޓައިލް ދޫކޮށްލައި ބޯ ބާލައިފިއެވެ.
ބޯބޭލުމުގެ އިތުރުން ޑެނިއެލް ވަނީ ތުނބުޅި މަތިމަސް ވެސް އެއްކޮށް ބާލާފައެވެ. ޑެނިއެލް ބޯ ބާލައިފައި މި ވަނީ އޭނަ މިހާރު ކުޅެމުން އަންނަ ފިލްމް އިމްޕީރިއަމްގައި ކުޅޭ އެފްބީއައި އެޖެންޓްގެ ރޯލަށެވެ.
މިހާރު އުމުރުން 26 އަހަރުގެ ޑޭނިއެލް ބޯ ބޭލުމަށްފަހު ގޫގަލް ޕްލަސް އަށް ވަނީ ފޮޓޯ އެއް ލާފައެވެ. މި ފޮޓޯ އާއެކު ޑެނިއެލް ބުނެފައިވަނީ އިމްޕީރިއަމް ގައި ކުޅޭ އެފްބީއައި އެޖެންޓް ނޭޓް ފޮސްޓާގެ ގޮތުގައި ފެނިގެންދާނީ މިހެންކަމުގައެވެ. އަދި މިދިޔަ ހަފްތާގައި ފިލްމް ކުޅެން ފަށާފައިވާކަމަށާއި ތިމަންނަ މިހުރީ މިކަމަށް ވަރަށް ޝައުގުވެރިވެފައި ކަމުގައިވެސް ގޫގަލް ޕްލަސް އަށް ލި ފޮޓޯގައި ޑެނިއަލް ވަނީ ބުނެފައެވެ.
ޑެނިއެލް މިހާ ބޮޑު ތަފާތަކާއެކީގައި ފެނިފައި މިވަނީ ބޮލާއި މަތިމަހާއި ތުނބުޅި ދިގުކޮށްގެން ރެޑް ކާޕެޓް މަތިން ފެނުނުތާ މަސްތަކެއްފަހުންއެވެ. ޑެނިއެލް ގެ ފިލްމްއެއް އެންމެ އަވަހާ ދެން ސްކްރީން އިން ފެނިގެން ދާނީ ވިކްޓޯރ ފްރޭންކްސްޓެއިންއެވެ. މި ފިލްމް މި އަހަރުގެ ފަހުކޮޅުގައި އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް