ރާއްޖެ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް، ސުނާމީގެ ނުރައްކަލެއް ނެތް

ރާއްޖެ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އައި ނަމަވެސް ސުނާމީއެއް ފަދަ އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. އެ އިދާރާއިން ހާމަކުރާގޮތުގައި ބިންހެލުން ...

26 Sep 2015 | 14:22

ރާއްޖެ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އައި ނަމަވެސް ސުނާމީއެއް ފަދަ އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ހާމަކުރާގޮތުގައި ބިންހެލުން އައިސްފައިވަނީ މިއަދު މެންދުރު 1:30 ހާއިރު އެވެ. ރާއްޖޭގެ ދެކުނު ހުޅަނގުން 1232 ކިލޯމީޓަރު ދުރުން އައީ 5.0 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށްވެސް އެ އިދާރާއިން ހާމަކުރެ އެވެ.

ބިންހެލުން އައި ސަރަހައްދާއި އެންމެ ކައިރީގައި އޮތީ ޑިއޭގޯ ގާސިއާ އެވެ. އަދި އެއްވެސް ގައުމަކަށް މި ބިންހެލުމުގެ ސަބަބުން އެއްވެސް އަސަރެއް ކުރި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް