120 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފެރީއެއް ކަނޑުމަތިން ހުއްޓިއްޖެ އެވެ.
އެމްއެންޑީއެފުން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުލްމޫން ރިސޯޓް ކައިރިއަށް ހުއްޓިފައިވާ އެ ފެރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ލޯންޗެއް ދަތުރު ފަށާފައި ވާކަމަށެވެ.
https://twitter.com/MNDF_Official/status/647629961193324544
ކަނޑުމަތީގައި ހުއްޓުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ ކ.ހުރާއިން ފުރައިގެން މާލެ ދަތުރުކުރި "ދިރާސާ 2" ފެރީ އެވެ.
އެ ފެރީގައި ތިބި މީހުންނާ ހަވާލާދީ ހަވީރު އޮންލައިންގައި ބުނެފައިވަނީ ފެރީގެ އިންޖީނު ހުއްޓުނީ ފުލްމޫން އާއި ޕެރަޑައިސް އައިލެންޑް ރިސޯޓާ ދެމެދު އޮންނަ ކަނޑު އޮޅިއަށް ކަމަށާއި ހެނދުނު 9 ޖަހާކަންހާ އިރު ހިނގި ހާދިސާއާ ގުޅިގެން ކޯސްޓް ގާޑުން މިހާރު ގެންދަނީ ދަތުރުވެރިން އޭގެ އުޅަނދަކަށް ބަދަލުކޮށް، މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް